އިރާންގެ ތެޔޮ ޓޭންކަރެެއް އިނގިރޭސި ސިފައިން ހުއްޓުވި މައްސަލަ ހޫނުވެއްޖެ

އިރާންގެ ތެޔޮ ޓޭންކަރު---

އިރާންގެ ތެޔޮ ޓޭންކަރެެއް އިނގިރޭސި ސިފައިން ހުއްޓުވައިފިއެވެ.

ސީރިޔާއަށް ދަތުރުކުރަމުން ދިޔަ އެ ޓޭންކަރު ހުއްޓުވައިފައިވަނީ ސްޕެއިން ކައިރީގައި އޮންނަ ޖިބްރާލްޓާރުގެ ކައިރީގައި އެ ޓޭންކަރު ދަތުރުކުރަމުންދަނިކޮށެވެ.

ގްރޭސް 1 ގެ ސުޕާ ޓޭންކަރަށް އިނގިރޭސިވިލާތުގެ މެރިން ވަނީ އަރައި އެ ޓޭންކަރު ހިފަހައްޓައިފައެވެ.

ސްޕެއިން އިން ބުނީ އެ ޓޭންކަރު ހުއްޓުވައިދިނުމަށް އިނގިރޭސިވިލާތުން އެދުނު ކަމަށެވެ.

ސްޕެއިން އިން ބުނީ އެ ތެޔޮ ޓޭންކަރުން ތެޔޮތައް ގެންދަން އުޅުނީ ސީރިއާގެ ތެޔޮ ސާފުކުރާތަނަކަށް ކަމަށް ބެލެވޭ ކަމަށެެވެ. އެ ތެޔޮ ސާފުކުރާތަނަކީ ޔޫރަޕިއަން ޔޫނިއަންއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަނެއްވެސް މެއެވެ.

ތެޔޮ ޓޭންކަރު ހުއްޓުވި މައްސަލައިގައި އިރާނުން ވަނީ އެގަމުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބެސެޑަރުވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ތެޔޮ ޓޭންކަރު ހުއްޓުވުމާގުޅިގެން އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވަނީ އިނގިރޭސިވިލާތަށް ތައުރީފްކޮށްފައެވެ.

ދާދި ފަހުން އެމެރިކާއިން ވަނީ އެއްވެސް ގައުމަކުން އިރާނުގެ ތެޔޮ ގަތުންވެސް މަނާކޮށްފައެވެ. އިރާންއާ ވަރަށް ބޮޑަށް ގުޅުން އޮންނަ އިންޑިއާއިންވެސް ފަހުން އެމެރިކާގެ ޕްރެޝަރުތަކާހެދި އިރާނުން ތެޔޮގަތުން ހުއްޓާލައިފި އެވެ.

comment ކޮމެންޓް