ވަކި ވަކިން ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށް މައްސަލަތައް ބަލަން ފަށައިފި

ބްރޯޑްކޮމްގެ މެމްބަރުން ކޮމިޓީގެ ބައްދަލުވުމުގައި: ވަކި ވަކިން ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށް މައްސަލަތައް ބަލަން ވަނީ ފަށާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުން ވަކި ވަކިން ގެނެސް މައްސަލަތައް ބަލަން ފަށައިފި އެވެ.

ކޮމިޓީން ވަނީ އެންމެ ފަހުން ބޭއްވި ޖަލްސާގައި ބްރޯޑްކޮމްގެ މެމްބަރުންނާ ގުޅޭ ތަހުގީގު އަންނަ ހޮނިހިރު ދުވަހަށް ނިންމުމަށް ހަތަރު މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލާފަ އެވެ. އަދި އެ ސަބް ކޮމިޓީތަކަށް މެމްބަރުން ވަކި ވަކިން ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައިވެ އެވެ.

ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު 10:00 ފެށިއިރު، ފުރަތަމަ އެ ބައްދަލުވުމަށް ހާޒިރުކުރީ، ކޮމިޝަންގެ ރައީސް، މުހައްމަދު ޝަހީބެވެ.

މި ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

ކޮމިޓީން މިދިޔަ ހަފްތާ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ، ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. ނަމަވެސް ސޮފްވާން ވަނީ ޖެހިގެން އައި ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަންގެ ބައްދަލުވުމުގައި ނިންމީ، ބާކީ ތިބި މެމްބަރުންނާ މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ ހުރިހާ މެމްބަރުން ވަކިން ހާޒިރުކޮށް ސުވާލު ކުރުމަށްފަހު ކަމަށެވެ.

ބްރޯޑްކޮމްގެ މެމްބަރުންނާ ގުޅޭ ތަހުގީގު ކުރާ ސަބް ކޮމިޓީ:

  1. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
  2. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
  3. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު
  4. ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް

ކޮމިޝަންގެ ހަ މެމްބަރުން އެއްފަހަރާ ގެނެސްގެންވެސް ކޮމިޓީން ވަނީ މީގެ ކުރިން ސުވާލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ތުހުމަތު އިގިލި ދިއްކުރި އެވެ. އަދި ވަކީ ޓީވީ ސްޓޭޝަންތަކައް އަމާޒުކޮށް ފިޔަޅު އެޅި ކަމަށް ވެސް ކޮމިޝަނުން ވަނީ އެއްބަސްވެފަ އެވެ.

https://sun.mv/120610

އޭގެ އިތުރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދުކުރުމަށްވެސް ކޮމިޝަންގެ މެމްބަރަކު މަސައްކަތް ކުރެއްވި ކަމަށް އެ ބައްދަލުވުމުން އެނގިގެންދިޔައެވެ. އަދި ކުރީ ސަރުކާރުގެ މަޖިލިސް މެމްބަރުން ކޮމިޝަންގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ނިމިދިޔަ ފަސް އަހަރުގައި ބްރޯޑްކޮމް އިން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކޮމިޝަނަށް ވަދެފައިވާ ކަަމަށް ގިނަ ރައްޔިތުންތަކެއް ތުހުމަތު ކުރެއެވެ.

https://sun.mv/120608

comment ކޮމެންޓް