ލުތުފީ އަލުން އިސްތިއުފާ ހުށަހަޅުއްވައިފި

ހަސަން ލުތުފީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އަލުން އޭނާގެ އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.

ލުތުުފީ އޭނާގެ މަގާމުން ވަކިވުމަށް އެދި މީގެ ކުރިންވެސް ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ. ނަމަވެސް އީމެއިލްއަކުން ފޮނުވި އެ ސީޓީގައި ލުތުފީގެ ސޮއި ނެތުމުން އޭގެ ސައްހަ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ ލުތުފީ ސޮއިކުރައްވާފައިވާ އިސްތިއުފާގެ ސިޓީ މިއަދު ލިބިފައިވާކަމަށެވެ.

ލުތުފީ އިސްތިިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށެވެ.

ލުތުފީ ވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަހަރީ ޗުއްޓީއެއްވެސް ނަންގަވައިފައެވެ. އަދި އޭގެ ފަހުން އޭނާ އޮފީހަކަށް ނުނިކުންނަވައެެވެ.

ލުތުފީއާ ގުޅޭ މަނީލޯންޑްރިންގެ މަައްސަލަތަކެއް ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް