އިދިކޮޅުގެ ޖަލްސާ ބާއްވަން ކާނިވާ ސަަރަހައްދު ދޫކޮށްފި

ރިޔާސީ ކެމްޕޭނު ތެރޭގައި ޕީޕީއެމްއިން ބޭވި ސައިޒު ޖަލްސާގެ ތެރެއިން -- ފައިލް ފޮޓޯ/ރައީސް އޮފީސް

މާދަމާރޭ ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އެ ސަރަހައްދު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ދޫކޮށްފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދު ހޯދުމަށް ޕްލޭނިން މިނިސްޓްރީއަށް ސިޓީލާފައެވެ. އެ ސިޓީގައި އެދިފައި ވަނީ މާދަމާ ރޭ 18:00 އިން 00:00އަށް އެ ސަރަހައްދު ދޫކުރުމަށެވެ.

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ކާނިވާ ސަރަަހައްދުގައި ޖަލްސާ ބާއްވަން އިއްޔެ ހުއްދަ ލިބިފައިވާ ކަމަށެވެ.

މާދަމާރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ.

މާދަމާ ރޭ ބާއްވާ ޖަލްސާ އަކީ މި ސަރުކާރު އައި ފަހުން އިދިކޮޅުން ރާވައިގެން ބާއްވާ ފުރަތަމަ މިފަދަ ޖަލްސާ އެވެ.

comment ކޮމެންޓް