"ލީނާ"ގެ ދެވަނަ ޓްރެއިލާއެއް ދައްކާލައިފި

ލީނާގެ ޕޯސްޓަރެއް---

މި މަހު 23ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ލީނާ"ގެ ދެވަނަ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކޮށްފައިވާ "ލީނާ" އަކީ މުއާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ފިލްމުގެ ސްލޯގަނެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "އޭން އިނޮސެންޓް ގާލް"އެވެ.

ޓްރެއިލާ ފެށިގެންދަނީ ލީނާ އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އާ ދެމީހުންގެ ވާހަކަތަކުންނެވެ. ނުޒުހަތު ޝުއައިބު (ނުޒޫ) އޭނާގެ ރަހުމަތްތެރިޔާ ލީނާ އަށް ހަޔާތުގެ ބައިވެރިއަކު ހޯދުމަށް ވާހަކަދެކެވެ އެވެ.

އަދި އަލީ އާޒިމް (ދޮން އައްޔަ) އާއި އައްޒަ (ލީނާ) އާއެކީ ހޭދަވާ ވަގުތުތައް ވެސް ޓްރެއިލާއިން ފެނިގެންދިޔަ އެވެ.

"ފިލްމުގައި ހިމެނޭނެ ޖުމްލަ ތިން ލަވަ. ޝޫޓްކުރާނީ ދެ ލަވަ. އަނެއް ލަވައަކީ ފިލްމުގެ ޕްރޮމޯ ލަވަ. އުންމީދަކީ ވީހާ ވެސް ގިނަ ބަޔަކު ފިލްމު ބަލަން ދިޔުމަށް،"

"ލީނާ" އަކީ ބެލުންތެރިން ޝައުގުވެރިވާނެ ފިލްމެއްކަމުގެ ޔަގީންކަން މުއާ ދެ އެވެ.

ފިލްމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި ހުރިހާ ތަރިންގެ އެކްޓިން އާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް މުއާ ބުންޏެވެ. "ހުރިހާ ތަރިން ވެސް ވަރަށް މޮޅު،"

އެ ތަރިންގެ އިތުރުން ފިލްމުގައި މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެ އެވެ.

އެ ތަރިންގެ އިތުރުން ފިލްމުގައި މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެ އެވެ.

comment ކޮމެންޓް