ކްލައުޑްފްލެއާއަށް ދިމާވި މައްސަލައަކާ އެކު އެތައް މިލިއަން ވެބްސައިޓަކަށް ވަންނަން ދަތިވެއްޖެ

ކްލައުޑްފްލެއާއަށް ދިމާވި މައްސަލައާ ގުޅިގެން އެރީ "502 ބޭޑް ގޭޓްވޭ އެރާ" ---

ވެބްސައިޓުތަަކަށް ހިދުމަތްދޭ ކްލައުޑްފްލެއާގައި މައްސަލައެއް ޖެހި އެތައް މިލިއަން ވެބްސައިޓުތަކަކަށް ވަންނަން ދަތިވެއްޖެ އެވެ.

ކްލައުޑްފްލެއާއިން ހިދުމަތް ކޮންޓެންޓް ޑިލިވަރީ ނެޓްވޯކްގެ ހިދުމަތްދޭ ފޯރުކޮށްދޭ ފަރާތެކެވެ. އެ ކުންފުނިން ހިދުމަތް ހޯދާ ވެބްސައިޓުތަކުގެ ޕީކް ލޯޑުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ޑީޑޮސް އެޓޭކުތަކުންނާއި، ކޮމެންޓް ސްޕޭމް އެޓޭކްތަކުން ވެބްސައިޓުތައް ހިމާޔަތްކޮށްދެއެވެ.

މިރޭ ކްލައުޑްފްލެއާއަށް ދިމާވި މައްސަލައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަސަރު ކުރިއެވެ. އަދި އެތައް މިލިއަން ވެބްސައިޓަކަށް އެކަމުގެ އަސަރު ކުރިއެވެ. ވެބްސައިޓުތަކަށް ވަންނަން މަސައްކަތް ކުރުމުން އަރަމުން ދިޔައީ "502 ބޭޑް ގޭޓްވޭ އެރާ" އެކެވެ.

ޑައުންވެގެން އުޅޭ ވެބްސައިޓުތައް ބެލުމަށް އާންމުކޮށް މީހުން ބޭނުންކުރަނީ "ޑައުން ޑިޓެކްޓާ" ނަމަަކަށް ކިޔާ ވެބްސައިޓެކެވެ. އެކަމަކު، މިރޭ އެ ވެބްސައިޓުވެސް ވަނީ ޑައުންވެފައެވެ.

އެއާ އެކު، ގިނަ ބަޔަކު ވަނީ ޓްވިޓާގައި ދިމާވެގެން އުޅޭ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ. އެހެންނަމަވެސް، މިހާރު އެ މައްސަލަ ވަނީ ހައްލުވެފައެވެ.

ކްލައުޑްފްލެއާއަށް ދިމާވި މައްސަލައާ ގުޅިގެން ރާއްޖޭގެ ގިނަ ވެބްސައިޓުތަކެއްވެސް ޑައުންވިއެވެ.

comment ކޮމެންޓް