އައްޑޫ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ

ބިން ހެލުން އައި ސަރަހައްދު--

އައްޑޫ ސިޓީއާ 588 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މެޓު އޮފީހުން ބުނީ ކާލްސްބާގް ރިޖު ކައިރިން މިއަދު 14:05 ގައި އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 5.6 ގެ ބާރުމިނުގައެވެ.

ބިންހެލުމުގެ އަސަރު ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރިކަމަށް ވާހަކަ ދެކެވުނު ނަމަވެސް މެޓުން ބުނީ އެފަދަ ރިޕޯޓެއް ނެތް ކަމަށެވެ.

comment ކޮމެންޓް