އެމްއެމްއޭގައި ކަރަންސީ ގެލެރީއެއް ހުޅުވައިފި

އެމްއެމްއޭގެ ކަރަންީ ގެލެރީ ހުޅުވުން --- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ކަރަންސީ ގެލެރީއެއް ހުޅުވައިފި އެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ އާއި ގުޅުވައިގެން އިއްޔެ މި ގެލެރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި ރަސްމިއްޔާތުގައި ކުރީގެ ގަވަރުނަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގެލެރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ކަރަންސީ ގެކެރީ އަކީއެމްއެމްއޭގެ އިމާރަތް ހެދުމަށް ޕްލޭންކުރިއިރުވެސް ގެންގުޅުނު ވިސްނުމެއް ކަމަށެވެ.

އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާ ފޮއްޗާއި ނޫޓު ނެރުމުގެ މަސައްކަތް ބަލަހައްޓާ އިދާރާކަމަށްވާތީ، ރާއްޖޭގެ ފައިސާގެ ތާރީހު އެމްއެމްއޭ ގައި ފެންނަން ހުރުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކަރަންސީ ގެލެރީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި، ނެރެފައިވާ ހުރިހާ ނޫޓާއި ފައިސާފޮއްޗެއް އެއްތަނަކުން ފެންނާނެގޮތް ހެދުމެވެ. ހަނދާނީ ފައިސާގެ ގޮތުގައި ނެރެފައިވާ ފައިސާވެސް މި ގެލަރީއިން ފެނިގެން ދާނެއެވެ.

ކަރަންސީ ގެލަރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދުނޫން ކޮންމެ ދުވަކު 8:30 ން 2:00 އަށެވެ.

އެމްއެމްއޭގެ ގްރައުންޑްފްލޯގައި ހަދާފައިވާ މި ގެލަރީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުންނާއި ފަތުރުވެރިންނަށްވެސް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް