ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއި ކުރުން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޮއިކޮށްފައި ވަނީ ވައިގެ ދަތުރުފަތުރާ ބެހޭ އެމްއޯޔޫ އަކާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫ އެއްގަ އެވެ.

ރާއިސް ސޯލިހާއި ސިންގަޕޫރުގެ ބޮޑުވަޒީރު ވެސް ބައިވެރިވެވަޑައިގެން ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މިއަދު ސޮއި ކުރި ވައިގެ ދަތުރުފަތުރާ ބެހޭ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ވައިގެ ގުޅުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ފަހި ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

comment ކޮމެންޓް