ސެކިއުރިޓީ ގާޑު ބަނދެ، މަގޫދޫ ކައުންސިލްގެ ތިޖޫރީން ވައްކަންކޮށްފި

ފ.މަގޫދޫ ---

ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި، އެ އިދާރާގެ ތިޖޫރީގައި ހުރި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

މަގޫދޫ ކައުންސިލް އިދާރާއިން ވައްކަން ކޮށްފައި ވަނީ ރޭ 03:30 ހާއިރު، ކައުސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެތަނުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ތިޖޫރީއިން ވަގަށް ނެގީ ކިހާ ފައިސާއެއް ކަން ސާފު ނުވި ނަމަވެސް، ކައުންސިލް އިދާރާ އާ ހަވާލާދީ ފުލުހުން ބުނީ ވައްކަން ކުރި އިރު ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް