ލ. އަތޮޅާއި އުތުރުގެ ދެ ސަރަހައްދުގައި އިގްތިސާދީ ހަބްތަކެއް ތަރައްގީ ކުރަނީ

ލ އަތޮޅު ބޮޑު މަގު --- ސަންފޮޓޯ/ ފާތިމަތު ސައީދު

އިގްތިސާދީ މައި ނާރެހެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން ވަނީ މި ފަދައިން އައްޑޫ ސިޓީގެ ތަރައްގީގެ ބޮޑު މަޝްރޫއެއް އެކުލަވާލައި، އެ މަޝްރޫއު މިހާރު އިއުލާނުކޮށްފަ އެވެ. މިއީ ޖުމްލަ 6.3 ބިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވީ ލ. އަތޮޅަކީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ މަޝްރޫއުތައް ސަރުކާރުން މިހާރު ދަނީ ފާހަގަކުރަމުން ކަމަށެވެ.

"ލ. އަތޮޅުވެސް ތަރައްގީކުރުމަށްޓަކައި ބޭނުންވާ މުހިންމު މަޝްރޫއުތައް މި ދަނީ ފާހަގަކުރަމުން. އަދި ލ. އަތޮޅުގެ މައި މަޝްރޫއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" އިއާދު ވިދާޅުވި އެވެ.

އިއާދު ވިދާޅުވީ މީގެ އިތުރުން ރާއްޖޭގެ އުތުރުގައި ވެސް މިފަދައިން ތަރައްގީކުރާނެ ދެ ސަރަހައްދެއް ފާހަގަކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

https://sun.mv/120449

އައްޑޫ ސިޓީގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް އަމާޒުކޮށް އިއުލާނުކޮށްފައިވާ 6.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއު، ދާދި ފަހުން ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަށްވެސް ސަރުކާރުން ހުށަހެޅި އެވެ.

އެ ފޯރަމަށް ހުށަހެޅި އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ޕްރޮޕޯސަލްގައި، އައްޑޫގެ ހަ އަވަށުގެ ތަރައްގީގެ ކަންކަން އެކުލެވޭ ގޮތަށް ގިނަ މަޝްރޫއުތަކެއް އެކުލެވގެން ވެއެވެ.

އޭގެ ތެޜޭގައި ކޮމާޝަލް އަދި ރެޒިޑެންޝަލް ބޭނުމަށް 203 ހެކްޓަރުގެ ބިން ހިއްކުން، 25 ހެކްޓަރުގެ ހަތަރު ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ހިއްކުން، ހިތަދޫގެ ބަނދަރު ތަރައްގީކުރުން، ގެދޮރު އެޅުން، އަދި ކުޅިވަރާއި އިޖުތިމާއީ އިންފްރާސްޓްރަކްޗަރު ގާއިމުކުރުން ހިމެނެއެވެ.

comment ކޮމެންޓް