ހަދަމުންދާ ގެއެއްގެ ފާރެއް ޖެހިގެން ހުރި ގޭގެ މައްޗަށް ވެއްޓި ގެއްލުންތަކެއް

ދ. ކުޑަހުވަދޫގައި ހަދަމުންދިޔަ ގެއެއްގެ ފާރު ޖެހިގެން ހުރި ގެ މައްޗަށް ވެއްޓިފައި --- ފޮޓޯ: ފުލުހުން

ދ. ކުޑަހުވަދޫއަށް ރޭ އައި ކޮޅިގަނޑުއްގައި، ހަދަމުންދިޔަ ގެއެއްގެ ދެވަނަ ފަންގިފިލާގައި ރާނަމުންދިޔަ ފާރެއް ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ކުޑަހުވަދޫއަށް އައި ކޮޅިގަނޑެއްގައި ވައި ގަދަ ވުމުގެ ސަބަބުން ކަމަށެވެ. އަދި ފުރާޅުމައްޗަށް ފާރުވެއްޓުމުގެ ސަބަބުން އެގޭގެ ފުރާޅާއި ސީލިންގު ވެއްޓި ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށް ގެއްލުންވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދ. ކުޑަހުވަދޫގައި ހަދަމުންދިޔަ ގެއެއްގެ ފާރު ޖެހިގެން ހުރި ގެ މައްޗަށް ވެއްޓިފައި --- ފޮޓޯ: ފުލުހުން

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެކަން ހިނގުމުގައި އެއްވެސް މީހެއްގެ އިހުމާލެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފާރު ވެއްޓުނު ގެ ސާފުކުރުމަށް ފުލުހުން ވަނީ އެހީތެރިވެފަ އެވެ.

comment ކޮމެންޓް