ސީޒަންގެ "ސޯލް" ވެސް ސާކް ފިލްމު ފެސްޓިވަލަށް!

ސޯލްގެ ޕޯސްޓަރު--

އަންނަ ޖުލައި މަހުގެ ދޭކުން ހަތަކަށް ސްރީލަންކާގައި ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި އަލީ ސީޒަންގެ "ސޯލް" ބައިވެރިކުރަން ނިންމައިފިއެވެ.

އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު "ސޯލް" އަކީ އަދި ރާއްޖޭގައި ރިލީޒްކޮށްފައިވާ ނުވާ ފިލްމެވެ. މި ފިލްމު ސާކް ފިލްމު ފެސްޓިވަލްގައި ދެއްކުމުން އެ ފިލްމުވެގެންދާނީ ރާއްޖޭގެ ފިލްމެއް ރާއްޖެއިން ބޭރުގައި ރިލީޒްކުރާ ފުރަތަމަ ފަހަރަށެވެ.

އެ ފިލްމަކީ ހަނީ މޫނަށް ރާއްޖެއަށް އަންނަ ދެ ފަތުރުވެރިއަކަށް ދިމާވާ ހާދިސާއެއް ކިޔާދޭ ފިލްމެކެވެ.

"ރާއްޖޭގެ މެހެމާންދާރީ އަދާކުރާ ގޮތް ފެނިގެންދާނެ. ދިވެހިންގެ ހިތްހެޔޮ މަންޒަރު ވެސް ފެންނާނެ. ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ވެސް ފެންނާނެ،"

ވިހި މިނެޓްގެ އެ ކުރު ފިލްމުގެ މަންޒަރުތައް ނެގީ އއ. މަތިވެރީގެ އަދި ކ. ތުލުސްދޫގަ އެވެ.

ލަންކާ ދެ އެކްޓަރުން ފިލްމުގައި ހަރަކާތްތެރިވާއިރު ކުޅަދާނަ ފިލްމީތަރި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިސްމާއިލް ޖުމައިހް ވެސް ފިލްމުން ފެނިގެންދާނެ އެވެ.

"ސޯލް" ފިލްމު ތައްޔާރުކުރީ ސާކް ފިލްމު ފެސްޓިވަލަށް އަމާޒުކޮށްގެންނެވެ. ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

comment ކޮމެންޓް