އިސްލާމިކް އެންސައިކްލޮޕީޑިއާ ޕްރޮޖެކްޓުގެ ވެރިއަކަށް ޝަހީމް އައްޔަނުކުރައްވައިފި

އިސްލާމިކް އެންސައިކްލޮޕީޑިއާ ޕްރޮޖެކްޓުގައި ހިމެނޭ އެހެން ބޭފުޅުންނާއެކު ޑރ.ޝަހީމް ---

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ސަވުތު އަލް ހިކްމާ އިންސްޓްޓިއުޓާ ގުޅިގެން ނެރޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮފް ޓޮލަރެންސްގެ ޕްރޮޖެކްޓުގެ ވެރިއަކަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނުކުރައްވައިފިއެވެ.

އެންސައިކްލޮޕީޑިއާއަކީ ތަފާތު އެކި މައުލޫތަކުގެ މައްޗަށް މައުލޫމާތު ހިމަނައި އެކުލަވާލައިފައި ހުންނަ ފޮތެކެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް އެކުލަވާލި މެމްބަރުންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ރިސާޗްޓީމްތައްވެސް ހިމެނެއެވެ.

އެ އެންސައިކްލޮޕީޑިއާގައި ކީރިތި ގުރުއާނާއި ، ހަދީސްއާއި ސިޔަރަތުގެ އިތުރުން އިސްލާމީ ސަގާފީ ތަރިކަތައްވެސް ހިމެެނއެވެ.

އެ އެންސައިކްލޮޕީޑިއާ ނެރުމުގައި ހަރަކާތްތެރިވާ ސަވުތު އަލް ހިކްމާ އިންސްޓިޓިއުޓްއިން ބުނީ މިއީ އިސްލާމްދީންުގެ އަސްލު މެސެޖު ދުނިޔެއަށް އަންގައިދީ އިސްލާމްދީންގެ އަސާސްތަކުގައި ހިމެނޭ އެހެން ދީންތަކަށް އިހްތިރާމްކޮށް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅުމުގެ މުހިންމުކަން އަންގައިދިނުމުެގ މަގްސަދުގައި އިފްތިތާތާހްކުރާ އެންސައިކްލޮޕީޑިއާއެއް ކަމަށެވެ.

އެ އެންސައިކްލޮޕީޑީއާ އެހެން ބަސްތަކަށްވެސް ތަރުޖަމާ ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް