ސިކުނޑި ހަމަނުޖެހޭ މީހަކު މިސްކިތަކަށް ވަންނަން އުޅެނިކޮށް ހިފަހައްޓައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިސްކިތަކަށް ވަންނަން މަސައްކަތްކުރި ސިކުނޑި ހަމަނުޖެހޭ މީހަކު ހިފަހައްޓާ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އަމީރުއަހުމަދު މަގާއި ސޯސަންމަގު ގުޅޭ ސަރަހައްދުގައި ހުންނަ މިސްކިތަށް ވަންނަން އުޅުނު އަންހެނަކު ހިފަހައްޓައި އޭނާ ގެންދާ މަންޒަފު ފެންނަ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ އަންހެންމީހާ މިސްކިތު ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާއިރު ފުލުހުން އޭނާ ހިފަހައްޓަން މަސައްކަތްް ކުރާތަނެވެ. އޭރު އެ އަންހެން މީހާ ދިޔައީ ހަޅޭއް ލަވަމުންނެވެ. އެ ވަގުތަކީ ގިނަ ބަޔަކު މިސްކިތުގައި ގިނަ ބަަޔަކު ތިބި ވަގުތެއް ކަމަށްވެއެވެ.

އެމަކާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ގެންދިޔަ ސިކުނޑި ހަމަނުޖެހޭ މީހަކު، އޭނާގެ އެހީތެރިންނަށް ނުކިޔަމަންތެރިކަން ދައްކައި، ހޮސްޕިޓަލުން ނިކުމެގެން ގޮސްފައިވާ ކަމަށެވެ.

އެހެން އުޅުމުގެ ތެރޭގައި މިރޭ 19:08 ހާއިރު ސޯސަންމަގާއި އަމީރު އަހުމަދު މަގު ގުޅުނު ސަރަހައްދުން ފުލުހުންގެ ބީޓަކާ ދިމާވުމުން އޭނާ އަނބުރާ އޭޑީކޭ އަށް ގެންދިޔުމަށް އެހީތެރިކަމަށް އެދުމުން އެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގިސް ފުލުހުންގެ ވެހިކަލްގައި އަންހެންމީހާ އަނބުރާ އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް