ހައްޕު އާއި ދިޔާނާ ކިޔައިދެނީ މާމުއިގެ ފޮނި ފޮނި ވާހަކަ

މުނިފޫހި ފިލުވުމުގެ ދާއިރާގައި މި ވަގުތު އެންމެ ފޯރިއާއި އެކީ ދައްކަމުން އަންނަނީ އަންނަ ހޯމަދުވަހު ރިލީޒްކުރާ ޑާރކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ އަގުބޮޑު އެއް ފިލްމުކަމުގައިވާ 'މާމުއި' ގެ ވާހަކައެވެ. ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު ތިބި އެންމެ ކާމިޔަބު އަދި ހުނަރުވެރި ފިލްމުކުޅުންތެރިންނާއި އެކީތައްޔާރުކުރި މި ފިލްމުގެ އިތުރު ތަފްސީލްތަކަށް އަހަރެމެން އެންމެން މިތިބީ ކެތްމަދުވެފައެވެ.

ސަން އިން ތައްޔާރުކުރި ހާއްސަ ސެގްމަންޓެއްގައި މި ފިލްމްގެ ކާސްޓުންގެ ތެރެއިން ނުޒޫ އާއި ފުބޫ މިވަނީ ފިލްމާއި ބެހޭގޮތުން ކުރި ސުވާލުތަކަކަށް ޖަވާބުދީފަ އެވެ. ފިލްމުގައިވެސް އެކުގައި ފެންނާނެކަމަށް ލަފާކުރެވޭ މި ދެތަރިންގެ މި ހާއްސަ އިންޓަވިއުގައި، ފިލްމުގައި އެދެތަރިން ފެނިގެންދާ ކެރެކްޓާއާ ބެހޭގޮތުންވެސް ވާހަކަދައްކާފައިވެ އެވެ.

މީގެއިތުރުން ފިލްމްގެ ޝޫޓިންގްތެރޭގައި ހިނގާދިޔަ ބައެއް ކަންތައްތަކާއި ފިލްމުގެ ކްރޫއާޢި ބެހޭގޮތުންވެސް ކުރިން ނޭނގޭ ހެއްވާ މަޖާ ކަންތައްތަކެއް އެގިގެންދާނެ އެވެ.

ފިލްމާ ބެހޭ ގޮތުން ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، "މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމު ކަމަށެވެ. އަދި ޝޫޓިންގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހުން ކަމަށް ވެސް އޭނާ ބުންޏެވެ

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ މި ފިލްމުގެ ޓިކެޓްމިހާރު ދަނީ ވިއްކަމުންނެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

"މާމުއި"ގެ ޕްރޮމޯޝަނަލް ލަވައާއި ޓްރެއިލާ މިހާތަނަށް ރިލީޒްކޮށްފައިވާއިރު ދެން އިންތިޒާރު ކުރެވެނީ ފިލްމްގެ ލަވަތަކަށެވެ.

މި ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް