ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ދެ ދުވަހުގެ ވޯކްޝޮޕްއެއް ފަށައިފި

ހައްދު ފަހަނަ އަޅާ ދިއުމާ ދެކޮޅަށް މިއަދު ފެށި ވޯކްޝޮޕްގެ ތެރެއިން---

ދީނީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ދެ ދުވަހުގެ ވޯކްޝޮޕްއެއް މިއަދު އިސްލާމީ މަރުކަޒުގައި މިއަދު ފަށައިފި އެވެ.

ފިކުރީ ހައްދުފަހަނައެޅުން ނައްތައިލުމުގައި ދީނީ އިލްމުވެރިންގެ ދައުރާ ބެހޭ ގޮތުން ފެށި ވޯކްޝޮޕް މިއަދު ޝަރަފްވެރިކޮށްދެއްވައި ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

މިއީ ރާއްޖޭގެ ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި (އެންސީޓީސީ) އަދި ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް އެކި ދިރާސާތައްކޮށް އެކަން ހުއްޓުވުމަށް މަސައްކަތްކުރާ ޔޫއޭއީގެ ޖަމިއްޔާއެއް ކަމަށްވާ ހިދާޔާއާ ގުޅިގެން ފެށި ވޯކްޝޮކެވެ.

އެ ބައްދަލުވުމުގައި ހައްދު ފަހަނަ އަޅާ ދިއުން ހުއްޓުވާނެ ގޮތްތަކާއި އަދި އެފަދަ މީހުން މުޖުތަމައުއަށް ގެންނާގެ ގޮތްތަކާއި އަދި އެކަމުގައި އިމާމުންގެ ދައުރާއި ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންސީޓީސީ އިން ބުންޏެވެ.

ޓެރަރިޒަމްގެ ނުރައްކަލުން ރައްކާތެރި ވުމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހޭލުންތެރި ކުރުވުމުގެ ވޯކްޝޮޕެއް ވެސް މިދިޔަ އޭޕްރީލް މަހު ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެ ވޯކްޝޮޕްގައި އިންޑޮނީޝިއާ އާއި އިނގިރޭސިވިލާތުގެ މާހިރުން ބައިވެރިވެލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް