ކަންގަނާ ރަނައުތު އަދި ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ފިލްމު "މެންޓަލް ހޭ ކިޔާ"ގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފިއެވެ.
މި މަހު 26ގައި ރިލީޒްކުރާ އެ ފިލްމުގެ މޯޝަން ޕޯސްޓަރުން ފެންނަ ކަންގަނާ ވަރަށް ތަފާތެވެ. ބިލިގާއެއް ތެރޭ ވަޅިއެއް ހިފައިގެން އިން މަންޒަރު އެ ޕޯސްޓަރުން ފެނެއެވެ.
ކަނިކާ ޑިލޯން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ޕްރަކާޝް ކޮވެލާމުޑީ ޑައިރެކްޓުކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ޕްރޮޑިއުސް ކޮށްފައި ވަނީ އެކްތާ ކަޕޫރެވެ.
އެ ފިލްމަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ކަންގަނާ އާއި ރާޖްކުމާރު ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ރިލީޒް ކުރި ބްލޮކްބަސްޓާ ފިލްމު "ކުއީން"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން މިއީ މި ދެމީހުން އެކުގައި ފެނިގެންދާނެ ދެވަނަ ފަހަރެވެ.
އެ ފިލްމުގެ ޓްރެއިލާ މި މަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.