ޕިރަމިޑުން މިފަހަރު ތައާރަފު ކުރީ ގޯ ބްރޭންޑުގެ ޗީޒާއި ކިރު

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކިރާއި ޗީޒްގެ ބާވަތްތަކަކީ ދިވެހި ސުފުރާތަކާ ރައްޓެހި އުފެއްދުންތަކެކެވެ. ކިތަންމެ ހެލްތީކޮށް ކައި ހަދާ މީހެއް ނަމަވެސް ޗީޓް ޑޭގައި ޗީޒް އަޅައިގެން ހަދާފައިވާ ޕިއްޒާއެއް ނޫނީ ބާގާއެއް ކާލާނެއެވެ. މިފަދަ ކެއުންތަކަށް ލޯބިކުރާ މީހުންނަށް ޕިރަމިންޑުން މިވަނީ ހާއްސަ ޕްރޮޑަކްތުތަކެއް ތައާރަފު ކޮށްފައެވެ.

އިންޑިއާގައި މަގްބޫލު "ގޯ" ބްރޭންޑުގެ ކިރު އަދި ޗީޒްގެ ބާވަތްތަކަކީ 100 ޕަސެންޓު ގެރީގެ ކިރުން އުފައްދާފައިވާ، އެއްވެސް އާޓިފިޝަލް އިންގްރިޑިއަންޓެއް އޭގައި ނުހިމެނޭ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް ޕިރަމިޑުން ރާއްޖެ ގެނެސްފައިވާއިރު، މި ޕްރޮޑަކްޓުތަކުގެ ތެރޭގައި އެކި އުމުރުތަކުގެ މީހުންނަށް ކަމުދާނެފަދަ ރޭންޖުތައްވެސް ހިމެނެއެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭގެ ތެރޭގައި ކުޑަކުދިންނަށް ކަމުދާނެ ޗީޒް ވެޖްސް އަދި އޭންގަލް ޗީޒް ހިމެނެއެވެ. އޭންގަލް ޗީޒް އަކީ ހުހަށް ޗީޒް ކާން ލޯބިކުރާ މީހުންނަށްވެސް ކަމުދާނެ އުފެއްދުމެކެވެ. މީގެ ޓެކްސްޗާ އަށް ބަލާއިރު، މިއީ "ޓެކްސްޗާ ސްމޫތު" އަނގައަށް މީރު އުފެއްދުންތަކެކެވެ. މިއީ ހެނދުނުގެ ނާސްތާ އަށާއި މެންދުރުގެ ކެއުން ނޫނީ ސްނެކަކަށްވެސް ކަމުދާނެ ބާވަތްތަކެކެވެ. ގޯ ގެ ޗީޒް ވޭރިއޭޝަންގައި ދެން ހިމެނެނީ ޕިއްޒާ އަށް ހާއްސަ ޗީޒާއި މޮޒެރެލާ ޗީޒް އަދި ސްލައިސް ޗީޒް އެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސޭންޑްވިޗް ފޭނުންނަށް ހާއްސަ އުފެއްދުންތަކެއްވެސް ގޯ ޕްރޮޑަކްޓް ރޭންޖުގައި ހިމެނެއެވެ. އެގޮތުން ބާބަކިޔު ފްލޭވާ، ހޮޓް އެންޑް ސްޕައިސީ، ގާލިކް އަދި އޮލިވް ފްލޭވާގެ ސޭންޑްވިޗް ސްޕްރެޑް ޕިރަމިޑުން ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕިރަމިޑުން ރާއްޖޭގެ ބާޒާރަށް ނެރުނު ގޯ ބްރޭންޑުގެ ކިރުގެ އުފެއްދުންތަކަކީ ބަދަން ކިރުު (ބާދާމް މިލްކް) އަދި ލަސީ އެވެ. މި އުފެއްދުންތަކަކީވެސް ގެރީގެ ކިރުން އުފައްދާފައިވާ، އިތުރު އެއްވެސް އާޓިފިޝަލް އިންގްރިޑިއަންޓެއް އެއް ނުކޮށް ތައްޔާރު ކޮށްފައިވާ އުފެއްދުންތަކެކެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕިރަމިޑުން ދޭ ޔަގީންކަމަކީ ގޯ ބްރޭންޑުގެ ކިރަކީ އަނގައަށް މީރު، ކަސްޓަމަރުން ހިތްހަމަޖެހޭނެ އަގެއްގައި ގަންނަން ލިބޭނެ އުފެއްދުން ތަކަކަށް ވާނެ ކަމުގެ ޔަގީން ކަމެވެ.

comment ކޮމެންޓް