ޖަލުގައި ހިނގާ ހަމަނުޖެހުންތަކާ އެކު ފުލުހުން ތައްޔާރީ ހާލަތަށް

ފުލުހުން--

ޖަލުގައި މިރޭ ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެކަޕް ޓީމެއް ތައްޔާރީ ހާލަތުގައި ޖަލުގައި އެބަތިބި ކަމަށް ފުލުހުން ބުނެފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ 11:00 އެހާކަށްހާރު ފެށިގެން ޖަލުގައި ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެގޮތުން ހަމަނުޖެހުންތަކުގައި ގައިދީން ގަޔަށް ޕެޕާސްޕްރޭ ޖެހިކަން ވެސް ވަނީ އެނގިފައެވެ.

ނަމަވެސް މިކަމާ ގުޅިގެން ކަރެކަޝަނަލް ސާވިސް އަދި ހޯމް މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ ކަރެކްޝަންސްގެ އެދިލެއްވުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކަޕް ޓީމެއް ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

ބެކަޕް ޓީމެއް "ސްޓޭޑް ބައި" ގައި ތިބީ، ޖަލުގައި ކަރެކްޝަންސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވައި، ފުލުހުން އެދުނީ އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ކަރެކްޝަންސް ހޯއްދެވުމަށެވެ.

ކަރެކްޝަންސްގެ އޮޕަރޭޝަނާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހޯދުމަށް ކަރެކްޝަންސް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަރެކްޝަންސްގެ އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި، ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނެ ގައިދީން އަންނަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންނެވެ.

comment ކޮމެންޓް