"ސްވާފް ޕާޓީ" އެންމެ އެކަށީގެންވާ ނަމަކަށް ނުވާތީ ހުއްދަ ނުދިން

"ސްވާފް ޕާޓީ" އެންމެ އެކަށީގެންވާ ނަމަކަށް ނުވާތީ ހުއްދަ ނުދިން --

"ސްވާފް ޕާޓީ" އަކީ ސިޔާސީ ޕާޓީއަކަށް ކިޔޭނެ ނަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، "ސްވާފް ޕާޓީ" އަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެންމެ އެކަށީގެންވާ ނަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަަމަށެވެ. އަދި އެގޮތަށް އީސީ އަށް ނުފެންނާތީ، އެ ޕާޓީއަށް ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އީސީ އިން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ސްވާފް ޕާޓީ އެ ނަމަކީ ވަކި ބަޔަކާ ވަކި މީހަކަށް ނިސްބަތްވާ ނަމެއް ކަމަށް ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުއްވި ފަރާތުން ބުނެފައިވާތީ، އެ ނަމަކީ ސިޔާސީ ޕާޓީ އަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ނުން ކަމަށް އެ ކޮމިޝަނުން ނިންމި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގައި ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީއެއް ވަކި ބަޔަކާއި ވަކި މީހަކަށް ނިސްބަތްވެގެން ނުވާނެއެވެ.

ރާއްޖޭގައި މިހާރު ނުވަ ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

comment ކޮމެންޓް