އިތުރު ހައްޖު ކޯޓާ އަދި ހަމައެއް ނުޖެހޭ: އިސްލާމިކް މިނިސްޓްރި

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަހަރު ރާއްޖެއިން ހައްޖަށް ދާން މީހުންނަށް އިތުރަށް ދޭ ހައްޖު ކޯޓާ އަދި ހަމަ ނުޖެހޭ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކްގެ މިނިސްޓްރީގެ ނާއިބު ޝާފިއު އަލީ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިތުރު ހައްޖުކޯޓާ ހޯދުމަށް އެދި މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.

" އުއްމީދުކުރަނީ ވަރަށް އަވަހަށް އިތުރު ހައްޖު ކޯޓާތައް ހަމަޖެހިގެންދާނެ ކަމަށް." ޝާފިއު ވިދާޅުވި އެވެ.

ރާއްޖެއިން ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާއިން އާންމުކޮށް ދެނީ 1000 ކޯޓާއެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އިތުރު 1000 ކޯޓާ ރާއްޖެއަށް ދަނީ ދެމުންނެވެ.

މިދިޔަ އަަހަރު ސައުދީން އިތުރު ހައްޖު ކޯޓާތައް އިތުރުކޮށްދިނީ ހައްޖަށް މީހުން ފުރަން ފެށުމުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަަށް ހައްޖަށް ނުފުރުނެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ 5 ޖަމާއަތަކަށެވެ. ކޯޕަރޭޝަަނަށް 550 ޖާގަދިން އިރު ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ޖާގައެވެ.

comment ކޮމެންޓް