ޖިންސީ ގޯނާ ލިބޭ މީހުންނަށް ހިލޭ ކައުންސިލިން ފޯރުކޮށްދޭން ފަށައިފި

ޖިންސީ ގޯނާ ލިބޭ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހިލޭ ކައުންސިލިން ފޯރުކޮށްދޭން ފަށައިފި އެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިލޭ ކައުންސިލިން ދޭން ފެށީ ދާދި ފަހުން ހުޅުވި މެންޓަލް ހެލްތު އިންސްޓްޓިއުޓް މެދުވެރިކޮށް އެ އޮތޯރިޓީގެ ހަރަދުގައި ކަަމަށެވެ.

ޖިންސީ ގޯނާ ލިބިގެން ދިމާވާ ނަފްސާނީ ކަންކަމަށް ކައުންސިލިން ދިނުމުގެ ހުރިހާ ކަމެއް ހިންގަމުންދަނީވެސް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ދަށުންނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ކައުންސިލިން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީއަށް އެކަން ބަޔާންކޮށް ހުށަހެޅިދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ޖެންޑާ މިނިސްޓްރީން، ފުލުހުން އަދި ހޮސްޕީޓަލްތައް މެދުވެރިކޮށް ހުށަހެޅިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން މިއަދުވެސް ރަށެއްގެ ލީޑިން ޓިޗަރެއް ދެ ޖިންސްގެ ކިޔަވާ ދަރިވަރުންތަކަަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް