ފިނޭންސުން ހަ ޕޯޓަލްއެއް ތައާރަފުކޮށް ހިދުމަތް ޒަމާނީކޮށްފި

ފިނޭންސް މިނިސްޓަރު އަމީރު-- ފޮޓޯ ފިނޭންސް

ފިނޭންސް މިނިސްޓްރީ އިން ދޭ ހަ ހިދުމަތެއް ޒަމާނީކޮށްފި އެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތްތައް ތައާރަފުކޮށްދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އެވެ.

މި ހިދުމަތްތަކަކީ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ހިދުމަތްތަކެއް ކަމަށް ފިނޭންސް އިން ބުންޏެވެ. އޭގެ ތެރޭ ހިމެނެނީ އެސްއެމް އެސް، އީމެއިލް ޕޯޓަލް، ޕޭރޯލް ރަޖިސްޓާ، އެސްއޭޕީ ޔޫސާ ފޯމް، އެސް އޯ އީ ގޭޓްވޭ، ޕީބީސީ އަދި ޕީއެސްއައިޕީ ޕޯޓަލް އެވެ.

އެސްއެމްއެސް އާއި އީ-މެއިލްގެ ހިދުމަތަކީ ދައުލަތުން ފައިސާ ދޭން ޖެހޭ ފަރާތްތަކަށް އެ ފަރާތްތެއްގެ އެކައުންޓަށް ޖަމާވުމުން އެސްއެމްއެސް އާއި އީމެއިލްގެ ޒަރީއާއިން އަންގައިދޭ ހިދުމަތެކެވެ.

ޕޭރޯލް ރަޖިސްޓަރގެ ޚިދުމަތަކީ ދަޢުލަތުން މުސާރަ ދޭން ޖެހޭ ހުރިހާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމެވެ.

އެސްއޭޕީ ޔޫސާ ރިކުއެސްޓް ފޯމަށް ގެނައި ބަދަލާ އެކު ދަޢުލަތުގެ މުއައްސަސާތަކުން ޔޫސާ ރިކުއެސްޓް ފޯމު ފޮނުވުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވައި، ފޯމުގެ ކޮންމެ މަރުހަލާއެއްގެ ސްޓޭޓަސް އަޕްޑޭޓް ބެލޭނެ އެވެ.

އެސްއީގޭޓްވޭ އަކީ ދައުލަތުގެ ކުންފުނިތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ މަގުފަހިވެ، ކުންފުނިތަކުގެ މަޢުލޫމާތުތަކުގެ ތެރެއިން ރައްޔިތުން ބޭނުންވާ މަޢުލޫމާތު ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބެލޭނެ ހިދުމަތެކެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކާއި މިނިސްޓްރީއާ ދެމެދު ބަދަލު ކުރެވޭ މަޢުލޫމާތު މި ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވިގެންދާނެ އެވެ.

ދެން ޒަމާނީ ބަދަލުތަކާ އެކު ތައާރަފު ކުރެވުނު ހިދުމަތަކީ ދައުލަތުގެ ބަޖެޓު އެކުލަވާލުން ޒަމާނީކޮށް އެސްއޭޕީ ސިސްޓަމްގެ ބީޕީސީ މޮޑިއުލް ލައިވްކޮށް ސަރުކާރުގެ އޮފީސްތަކަށް ލައިވް ކުރުމެވެ.

ޒަމާނީ ކުރެވިގެން ދިޔަ އަނެއް ހިދުމަތަކީ ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ދާގޮތުގެ އެންމެ ފަހުގެ މަޢުލޫމަތު އެއްތަނަކުން ފެންނާނެ ޕޯޓަލް ލައިވް ކުރު މެވެ.

comment ކޮމެންޓް