ފަތުރުވެރިކަން ކުރިއަރުވަން އިންޑިއާގެ ލަވަކިޔުންތެރިޔަކާއެކު މަޝްވަރާކޮށްފި

އަދިތިޔާ ނާރަޔަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއެކު--

ފަތުރުވެރިކަން ކުރިއަރުވަން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަދިތިޔާ ނަރާޔަންއާއެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޝްވަރާކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރީން ކުރި ޓުވީޓެއްގައި ބުނީ އަދިތިޔާއާއެކު މަޝްވަރާ ކުރީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް ރާއްޖެ ވެޑިން މަންޒިލެއްގައި އިންޑިއާގެ މާކެޓްގައި މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.

އަދިތިޔާއަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތް ނާރަޔަންގެ ދަރިފުޅުވެސް މެއެވެ.

ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ވިވެކްއާއެކު ވެސް ޓޫރިޒަމް ފުޅާކުރުމަށް މަޝްވަރާކޮށްފައެވެ.

ރާއްޖެއަކީ އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ވަރަށް މަގުބޫލް މަންޒިލެއްވެސް މެއެވެ. އެގޮތުން ބޮލީވުޑްގެ އެތަކެއް ތަރިންނެއް ރާއްޖެއަށް ދަނީ ޒިޔާރަތްކުރަމުންނެވެ. އޭގެ ތެރޭގައި އައިޝްވާރިޔާ ރާއީ، އަބީޝެކް ބައްޗަށް، ޝިލްޕާ ޝެޓީ އަދި ރިތިކް ރޯޝަން ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާއަށް އިންޑިއާގެ ބޮޑު މާކެޓެއް އެބަ އޮތް ކަަމަށެވެ.

އަދި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ހުޅުވުމަށް ބޮލީވުޑްގެ ތަރިން ގެންނަނީވެސް ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް