ފޭލިގެއެއް ދަށުވެ ރާޖަސްތާނުގައި 14 މީހުން މަރުވެއްޖެ

ރާޖަސްތާނުގައި ދީނީ ހަރަކާތެއް ކުރިއަށް ދަނިކޮށް ވެއްޓުނު ޓެންޓު ދަށުވެ، 14 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ޖޫން 24): އިންޑިއާގެ ރާޖަސްތާނުގައި ވިއްސާރައިގެ ސަބަބުން ވެއްޓުނު ޓެންޓެއް ނޫނީ ފޭލިގެއެއްގެ ދަށުވެ، 14 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ރާޖަސްތާނުގެ ބަރުމޭ ޑިސްޓުރިކްޓުގައި އެ ހާދިސާ ހިނގީ ދީނީ ހަރަކާތަކަށް، ފައްޅިއެއް ކައިރީ ޖަހާފަ ހުރި އެޓެންޓަށް ގާތްގަނޑަކަށް 300 މީހުން ޖަމާވެފައި ވަނިކޮށެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޓެންޓު ވެއްޓުމުން އޭގެ ދަށުގައި ތާށިވި މީހުންގެ ގައިގައި ކަރަންޓު ޖެހުނު ކަމަށްވެސް އިންޑިއާގެ މީޑިއާތަކުގައިވެ އެވެ.

ރާޖަސްތާނުގެ ޑިޒާސްޓާ މެނޭޖްމެންޓު އެންޑް ރިލީފް މިނިސްޓްރީން ވަނީ ވާރޭ ވެހެން ފެށުމުން ޓެންޓަށް ކަރަންޓު ފޯރުކޮށްދޭން ބަހައްޓާފައި ހުރި ޖެެނެރޭޓަރުތައް ނިއްވާނުލީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ. އަދި އެހާދިސާ ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.

މީގެ އިތުރުން ރާޖަސްތާނުގެ ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސް (7,184 ޑޮލަރު) އާއި އަނިޔާވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް (2,873 ޑޮލަރު) ދިނުމަށް އަންގާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް