ރާއްޖެއަށް ގޭސް ސަޕްލައިކުރެވޭގޮތަށް ލަންކާގައި ގޭސް ޓާމިނަލެއް އަޅަނީ

އެލްއެންޖީ ގޭސް ސްޓޭޝަނެއް --

ރާއްޖެއަށް ގޭސް ސަޕްލައި ކުރެވޭގޮތަށް ސްރީލަންކާގައި ގޭސް ޓާމިނަލެއް އެޅުމަށް އޭޑީބީ އިން އެހީ ދީފިއެވެ.

އޭޑީބީ އިން ދިން އެހީ އަކީ ލަންކާގައި ލިކުއިފީލްޑް ނެޗުރަލް ގޭސް (އެލްއެންޖީ) އިފައްދައި، ރާއްޖެއަށް ސަޕްލައި ކުރުމަށް ފީޒިބިލިޓީ ހެދުމަށް ދިން އެހީ އެކެވެ. އެލްއެންޖީ ގޭސް ބޭނުން ކުރަނީ ކަރަންޓާއި ހަކަތަ އުފެއްދުމަށެވެ. މިއީ ތެޔޮ އަންދައިގެން ނުވަތަ ދެލި އަންދައިގެން ހަކަތަ އުފެއްދުމާ އަޅާބަލާއިރު ތިމާވެއްޓާ ރައްޓެހި އޮޕްޝަނެކެވެ

މިއީ ލަންކާ ސަރުކާރުން ޕްރޮޕޯޒު ކުރ ިޕްރޮޖެކްޓެކެވެ. މިއަހަރުގެ މާޗު މަހު ލަންކާ ސަރުކާރުން ވަނީ ގޭސް ޓާމިނަލެއް އެޅުމަށް އެހީއަށް އެދިފައެވެ.

މި އެހީ އާއި ގުޅޭގޮތުން އޭޑީބީ އިން ބުނީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް އެލްއެންޖީ ބޭނުން ކުރަން މަޝްވަރާ ކުރެވެމުންދާ ދަނޑިވަޅެއްގައި ރާއްޖެއަށް ސަޕްލައި ކުރުމަށާއެކު ގޭސް އުފައްދާ ޓާމިނަލެއް އެޅުމަކީ ދެގައުމަށްވެސް ފައިދާ ކުރާނެ ކަމެކެވެ.

މި ޕްރޮޖެކްޓަށް އޭޑީބީ އިން ވަނީ 225,000 ޑޮލަރުގެ އެހީ ދީފައެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް ހަދާ ފީޒިބިލިޓީގައި ރާއްޖެ އަށް ގޭސް ސަޕްލައި ކުރުމަށް އެންމެ އެފިޝިއަންޓް ގޮތަކީ ކޮބައިތޯވެސް ބަލާނެއެވެ.

comment ކޮމެންޓް