ޕޫޖާއަށް މިފަހަރު ވެސް އަންހެން ކުއްޖެއް!

ޕޫޖާ ޝަރްމާ އޭނާގެ ފިރިމީހާ އާއެކު---

ޓީވީ އެކްޓްރެސް ޕޫޖާ ޝަރްމާ 30، އަށް އަނެއްކާވެސް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ދަރިއަކު ލިބުނުކަން ހާމަކުރިއިރު ވަނީ ދަރިފުޅުގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. ނަމަވެސް އަދި ނަމެއް ފާސްކޮށްފައިނުވާ ކަމަށް ޕޫޖާ ބުނެއެވެ.

ޕޫޖާއަށް ކުއްޖަކު ލިބުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ޑައިރެކްޓަރު ޕުޝްކަރު ޕަންޑިތު އާއި ޕޫޖާ ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ. އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު އެއް އަހަރު ފަހުން ލިބުނުއިރު އެ ދަރިފުޅުގެ ނަމަކީ ވިއާނާއެވެ.

ޕުޝްކަރު އާއި ޕޫޖާ ލޯބީގެ ގޮތުން ގުޅުނީ "ތޫ މެރާ ހީރޯ"ގެ ސެޓުންނެވެ.

comment ކޮމެންޓް