ރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސް ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ: ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދަތުރުކުރައްވާނެ ތާރީހް އަދި ފައިނަލެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ދެ ގައުމުން އެ ކަމާ ގުޅިގެން މަޝްވަރާ ކުރަމުން އަންނައިރު، ދަތުރު ކުރުމަށް ހަމަޖެހިފައިވާ ތާރީހް ފައިނަލް ވުމުން އެކަން ރަސްމީކޮށް އެންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު އޮތް ގޮތުން އެދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ މިމަހުގެ 29 ވަނަ ދުވަހެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ އެ ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަދި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި އެހެން ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން މީގެ ކުރިން ވެސް ރައީސް ސޯލިހު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ އަމިއްލަފުޅު ދަތުރުފުޅެކެވެ.

comment ކޮމެންޓް