އެޑް ޝީރަންގެ އާ އަލްބަމެއް އަންނަ މަހު

އެޑް ޝީރަންގެ އާ އަލްބަމް އަންނަ މަހު ނެރެނީ---

ދެހާސް ސަތާރަ ވަނަ އަހަރު ނެރުނު އަލްބަމަށްފަހު އާ އަލްބަމެއް ނެރުމަށް ކާމިޔާބު ލަވަކިޔުންތެރިޔާ އެޑް ޝީރަން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހު 12ގައި އާ އަލްބަމެއް އޭނާ ނެރޭއިރު އެ އަލްބަމަކީ އެހެން އަލްބަމްތަކާ ހިލާފަށް ތަފާތު އަލްބަމަކަށް ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. "ނަންބަރު 6"ގެ ނަން ސިފަކޮށް އެ އަލްބަމް ނެރުމަށް އެޑް ޝީރަން އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އަލްބަމަކީ އެހެން މަޝްހޫރު ލަވަކިޔުންތެރިންނާ ގުޅިގެން ތައްޔާރުކޮށްފައިވާ ކޮލެބް އެކެވެ.

ޖުމްލަ 21 ޓްރެކް ހިމެނޭ އެ އަލްބަމުގައި ކެމީލާ ކެބެލޯ، ބްރޫނޯ މާސް، ޖަސްޓިން ބީބާ، އެމިނަމް އަދި ކާޑީ ބީ ފަދަ މަޝްހޫރު ލަވަކިޔުންތެރިންނެއް ވަނީ ހިއްސާވެފަ އެވެ.

އެޑް ޝީރަންގެ އެންމެ ފަހުގެ އަލްބަމަކީ "ޑިވައިޑް"އެވެ. އެ އަލްބަމަކީ މިހާތަނަށް އޭނާ ނެރުނު އެންމެ ކާމިޔާބު އަލްބަމްވެސްމެ އެވެ.

comment ކޮމެންޓް