ޝާފިއީގެ ވާހަކަތަކުގައި އަސާސެއް ނެތް: އައިޖީއެމްއެޗު

އައިޖީއެމްއެޗް -- ސަން ފައިލް ފޮޓޯ

ސަރުކާރަށް ސޮފްޓްވެއާއެއް ތައްޔާރުކުރުމުގައި ކޮރަޕްޝަން ކަންތައްތަކެއް އެކުލެވޭ ކަމަށް ތުހުމަތު ކުރައްވަމުން ސައިންސް އެންޑް ޓެކްނޮލޮޖީ (ޓެކް) މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ އިސްތިއުފާ ދެއްވިއިރު އެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ޝާފިއީގެ ވާހަކަތަކަށް ރައްދުދީ، އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލަށް ހޯދާ މެނޭޖުމެންޓް ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދެ ފުށްފެންނަ، ހުޅުވާލެވިފައިވާ ބިޑެއްގެ ތެރެއިން ކަމަށެވެ.

https://sun.mv/120669

އެ މަސައްކަތް ކުރިއަށްދަނީ ޓެކް މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން މުވައްސަސާތަކާ ގުޅިގެން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. ބަޔާނުަގއި ބުނީ އައިޖީއެމްއެޗަށް ހޯދާ ސޮފްޓްވެއާ ހޯދުމުގެ މަޝްވަރާތައް ރައީސް އޮފީހާ އެކުވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މިމަހުގެ 12 އަދި 19 ވަނަ ދުވަހު ރައީސް އޮފީހުގެ އޮފިޝަލުންނާއެކު ބައްދަލު ކުރި ކަމަށާއި އެފަދަ ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މެނޭޖުމެންޓު ސިސްޓަމް ހޯދާނީ ދުނިޔޭގެ ބޮޑެތި ހޮސްޕިޓަލުތަކުގައި ބޭނުންކުރާ މިފަދަ ސޮފްޓުވެއާތަކާ އަޅާ ކިޔުމަށްފަހު ކަމަށާއި ސޮފްޓްވެއާއެއް ހޯދާއިރު ރާއްޖެއާ އެންމެ ގުޅެނެ ސޮފްޓްވެއާއެއް ހޯދުމަށް އިސްކަންދޭނެ ކަމަށެވެ.

ޝާފިއީ މަގާމުން އިސްތިއުފާ ދިން އިރު ދެއްކި ވަހަކަތަކަކީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކައެއް ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

https://sun.mv/120672

comment ކޮމެންޓް