ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ މަސައްކަތް ފެށުން -- ފޮޓޯ: އެންވަޔަރަމެންޓު

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަ ލިމިޓެޑް އިންނެވެ.

މި މަޝްރޫޢުގެ ދަށުން ނޮޅިވަރަންފަރުގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބީސީ ތަކާއި އިމާރާތްތަކަށް ފެން މީޓަރު ގުޅުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެއެވެ.

މި ކެނޭޑިއަން ކްރިސްޓަލައިން އާ ހަވާލުކޮށްފައިވަނީ 31.8 މިލިއަން ކުފިޔާ އަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ހިޚިދުމަތް ލިބިގެންދާނެއެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫ، އަދި ށ.ފޯކައިދޫ ފެނުގެ ނިޒާމް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކޮށް، ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް އެ ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ އެވެ.

ހިލޭ އެހީގެ ދަށުން ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މުޅި މަޝްރޫއަށް ޖީސީއެފްއިން ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364 ޑޮލަރު ދިވެހި ސަރުކާރަށް މިހާރު ވަނީ ލިބިފަ އެވެ.

comment ކޮމެންޓް