އަންހެނެއްގެ ކަރުގަ ހިފި ސްޓޭޓް މިނިސްޓަރު ސަސްޕެންޑްކޮށްފި

މާކް އަންހެން އެކްޓިވިސްޓެއްގެ ގަޔަށް އަތްލައި ގަދަކަމުން އޭނާ ބޭރަށް ނެރެނީ---

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފީލްޑް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ގްރީންޕީސްގް އަންހެން އެކްޓިވްސްޓެއްގެ ކަރުގައި ހިފި މައްސަލައިގައި އޭނާ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

މާކް އަންހެން މީހާއާ ދޭތެރޭ ކަންތައްކުރި ގޮތުގެ ވީޑިއޯ ފުޓޭޖްވެސް ސޯޝަލް މީީޑިއާގައި ވަނީ އާންމުވެފައެވެ. އިނގިރޭސިވިލާތުގެ ޗާންސެލާ އޮފް އެކްސްޗެކާ ފިލިޕް ހަމޮންޑް ވާހަކަ ދައްކަވަނިކޮށް ކްލައިމެޓް އެކްޓިވިސްޓުންތަކެއް ވަނީ އެތަނަށް ވަދެ އަޑުގަދަކުރަން ފަށައިފައެވެ. މާކް ވަނީ އެތަނަށް ވަން އަންހެން އެކްޓިވްސްޓެއްގެ ކަރުގައި ހިފައި ބާރުގެ ބޭނުންކޮށްގެން އޭނާ އެތަނުން ނެރެފައެވެ.

މާކްއަށް އިންތިހާއަށް ފާޑުކިޔުންތައް އަމާޒުވެ ފަހުން އޭނާ ވަނީ އެ އެކްޓިވިސްޓްގެ ކިބައިން މާފަށްވެސް އެދިފައެވެ. އޭނާ ވިދާޅުވީ އެފަދައިން އަމަލުކުރީ އެ އަންހެން މީހާ ހަތިޔާރު ހިފައިގެން ހުރިކަމަށް ހީވެ ގަތް ބިރުން ކަމަށެވެ. އަދި އެ ވަހުތު ބޭނުންވީ ވީހާވެސް އަވަހަކަށް އޭނާ އެ ތަނުން ނެރެންކަމަށް މާކް ވިދާޅުވިއެވެ.

" އަޅުގަނޑުގެ އަމަލުތައް ބެހެއްޓުނު ގޮތާމެދު މިހާރު ދެރަވޭ." މާކް ވިދާޅުވިއެވެ.

މާކްއަކީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އެ ޕާޓީގެ ލީޑަރު ތެރީސާ މޭ ގެ ތަރުޖަމާނު ވިދާޅުވީ މޭ އެ ވީޑިއޯ ބެއްލެވުމަށްފަހު ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށާއި އަދި މާކް ވަގުތުން ސަސްޕެންޑް ކުރުމަށް އަންގާފައިވާ ކަމަށެވެ.

މާކް އަމަލުތަކާ ގުޅިގެން އިދިކޮޅު ޕާޓީންވެސް ވަނީ އޭނާ ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް