މިނިސްޓަރު މަހުލޫފު ޕޯޗުގަލްއަށް، ޔޫތު މިނިސްޓްރީ ހިންގުން އަމީންއަށް

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރަސްމީ ދަތުރުފުޅެއްގައި ޕޯޗުގަލްއަށް ވަޑައިގެންނެވުމުން ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ހަވާލު ކުރައްވައިފި އެވެ.

މިނިސްޓަރު މަހުލޫފު ޕޯޗުގަލްއަށް ވަޑައިގެންނެވީ ވޯލްޑް ކޮންފަރެންސް އޮފް މިނިސްޓާސް ރެސްޕޮންސިބްލް ފޯ ޔޫތު 2019 ގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މަހުލޫފު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ 26 ވަނަ ދުވަހު އެވެ.

އެ މުއްދަތުގައި ޔޫތު މިނިސްޓްރީގެ ކަންކަން ބަލަހައްޓަވާނީ އަބްދުﷲ އަމީން ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތުތަކެއް މިނިސްޓަރު މަހުލޫފުގެ މައްޗަށް ކުރެވި ސަސްޕެންޝަންގައި ހުންނެވި އިރު ޔޫތު މިނިސްޓްރީގެ ކަންކަން ބެލެހެއްޓެވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

comment ކޮމެންޓް