ފާއިތުވި ތިން އަހަރު އިންޑިއާގެ 12000 ދަނޑުވެރިން އަމިއްލައަށް މަރުވި

އިންޑިއާގެ ދަނޑުވެރިއެއް---

އިންޑިއާ ޓުޑޭ: ފާއިތުވި ތިން އަހަރު އިންޑިއާގެ 12،000 އަށް ވުރެ ގިނަ ދަނޑުވެރިން އަމިއްލައަށް މަރުވިކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ދަނޑުވެރިން މަރުވި މައްސަލަ ބޮޑުވެ އިންޑިއާގެ ޑިސްޓްރިކް ލެވަލް ކޮމިއުނިޓީސްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފަ އެވެ.

އިންޑިއާގެ ރިލީފް އެންޑް ރިހިބިލިޓޭޝަން މިނިސްޓަރު ސުބާޝް ދޭޝްމުކް ޕާލިމަންޓްއަށް ފޮނުވި ސިޓީގައި ބުނީ މަރުވި 12،021 މީހުންގެ ތެރެއިން 6،888 މީހުންނަށް ސަރުކާރުގެ އެހީއަށް ޝަރުތު ހަމަވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އަމިއްލައަށް މަރުވި 6845 ދަނޑުވެރިންގެ އާއިލާގެ ކޮންމެ މީހަކަށް އެއް ލައްކަ ރުޕީސްގެ އެހީ މިހާރު ދީފައިވާކަމަށެވެ.

މިއަހަރު ފެށުނު ފަހުންވެސް މާޗް މަހުގެ ނިޔަލަށް 610 ދަނޑުވެރިން ވަނީ އަމިއްލައަށް މަރުވެފައެވެ. އޭގެ ތެރެއިން 192 ހާދިސާގައި ސަރުކާރުން ބަދަލު ދިނުމަށް ޝަރުތުުހަމަވާ ކަމަށްވެސް ސުބާޝް ވިދާޅުވި އެވެ. އަދި ބާކީ ތިބި މީހުންނަށްވެސް ބަދަލު ދިނުމަށް ޝަތުރުހަމަވޭތޯ ބަލަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑީއާގައި ދަނޑުވެރިން އަމިއްލައަށް މަރުވުމަކީ ވަރަށް އާންމުކަމެކެވެ. އެމީހުން އާންމުކޮށް މަރުވަނީ ބޮޑެތި ލޯނުތަކުގައި ޖެހި އެ ނުދެއްކި ހަދާނެގޮތް ހުސްވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް