ހަބީބާއެކު 28 ބޭފުޅަކަށް ގާނޫނީ ވަކީލްކަމުގެ ހުއްދަ ދީފި

ހަބީބާއެކު 28 ބޭފުޅަކު ގާނޫނީ ވަކީލްކަމުގެ ހުވާ ކުރައްވަނީ --- -- ފޮޓޯ/ ޑީޖޭއޭ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު، އިސްމާއިލް ހަބީބާއެކު 28 ފަރާތަކަށް ގާނޫނީ ވަކީލް ކުރުމުގެ ހުއްދަ މިރޭ ދީފި އެވެ.

އެ ބޭފުޅުންނަށް ގާނޫނީ ވަކީލްކަން ކުރުމުގެ ހުއްދަ ދިނީ، އެކަމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

އެބޭފުޅުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ އަރީފް އެވެ. ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހްމަދު ޢަބްދުﷲ ދީދީ އެވެ.

ރަސްމިއްޔާތުގެ ވާހަކަދައްކަވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލާ އަހްމަދު މާޖިދު ވިދާޅުވީ، ގާނޫނީ ވަކީލުންނަކީ ސުލޫކު ހެޔޮ އަދި މުވައްކިލުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ވަކީލުންނަކީ އަމިއްލަ މަންފާއަށް މަސައްކަތްކުރާ ބަޔަކަށް ވުމުގެ ބަދަލުގައި ވަކީލުން މަސައްކަތްކުރާންވާނީ މުޖުތަމައިގެ އާންމު ފަރުދުންގެ ހާލަތު ދެނެގަނެ ރައްޔިތުންގެ ހައްގު އެންމެ ފުރިހަމަގޮތުގައި އަދާކުރާ ބައެއްގެގޮތުގައިކަމަށް މާޖިދު ވަކީލުންނަށް އިލްތިމާސް ކުރެއްވި އެވެ.

ގާނޫނީ ވަކީކީލުކަމުގެ ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: 28 ބޭފުޅަކަށް ވަނީ ގާނޫނީ ވަކީލްކަމުގެ ހުއްދަ ދީފައި -- ފޮޓޯ/ ޑީޖޭއޭ

މިރަސްމިއްޔާތުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފިޔަވާ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އޭގެ އިތުރުން އެހެން ކޯޓުތަކުގެ އިސް ގާޒީންނާއި ޝަރުއީ ދާއިރާގެ މުވައްޒިފުން ބައިވެރިވެވަޑައިގެންވި އެވެ.

comment ކޮމެންޓް