ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީފި

މާފުށީ ޖަލު --- ސަން ފައިލް ފޮޓޯ

ކ. މާފުށީ ޖަލުގެ ގައިދީއަކު ޖަލު އޮފިސަރަކަށް މިއަދު ހަމަލާދީފިއެވެ.

މޯލްޑިވްސް ކަރެކްޝަލް ސާވިސް އިން ބުނީ އެ އޮފިސަރަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލުގެ ހާލަތު މިވަގުތު ވަނީ އާންމު ހާލަތަކަށް ގެނެވިފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނު ނިއްވާލާފައި އޮތުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

މާފުށީ ޖަލުގައި ކަރެކްޝަންސްގެ އޮފިސަރަކަށް ގަދީއަކު ހަމަލާދީފައިވާ ކަން އެ މުއަސަސާއިން ބުނި އިރު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، މާފުށީ ޖަލުގައި ގައި ގައިދީންތަކަށް އަނިޔާ ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް