އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާކޮށްފި

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާކޮށްފިއެވެ.

އެ ފޮތްތައް ހަވާލުކުރީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައެވެ. އެ ފޮތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އެމްބަސީންއިން 200 ފޮތް ހަދިޔާ ކުރިކަމަށެވެ. އޭގެ ތެރޭގައި ހުރިހާ ދާއިރާތަކާ ގުޅޭ ފޮތްތަކެއްވެސް ހިމެނޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ފަރަހަނާޒް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފޮތްތައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ފޮތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ލައިބްރަރީގައި އެންމެ ފޮތް މަދު ސްކޫލްތައް ބަލާފައި އެ ސްކޫލްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް