"ލަޔަން ކިންގް"ގެ ހިންދީ ވާޝަނަށް ޝާހުރުކުގެ ދެބަފައިންގެ އަޑު

ޝާހްރުކްހާންގެ ދެބަފައިން ލަޔަން ކިންގް ގެ ހިންދީ ވާޝަނަށް އަޑުއަޅަނީ---

އަންނަ މަހު 17 ގައި ރިލީޒްކުރާ ޑީޒްނީގެ ކާމިޔާބު ކާޓޫން "ލަޔަން ކިންގް"ގެ ހިންދީ ވާޝަނަށް ޝާހްރުކްހާން އާއި އޭނާގެ ދަރިފުޅު އާރިޔަން ހާން އަޑުއަޅައިދޭ ގޮތަށް ނިންމައިފި އެވެ.

އެކަން މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ ކަށަވަރުކޮށްދީފައެވެ. ތަރަން ކުރި ޓްވީޓްގައި ބުނީ ޝާހްރުކް އަޑުއަޅައިދޭނީ މުފާސާގެ ކެރެކްޓާއަށެވެ. އަދި އާރިޔަން އަޑުއަޅައިދިނުމަށް ހަމަޖެހިފައިވަނީ މުފާސާގެ ދަރި ސިމްބާ އަށެވެ.

ކާޓޫންގެ ހިންދީ ވާޝަން ނެރޭނީ އަންނަ މަހު 19ގައެވެ.

"ލަޔަން ކިންގް" އަކީ 1994 ވަނަ އަހަރު ނުކުތް ކާޓޫނެކެވެ. އެ ކާޓޫންގައި މުފާސާގެ އަޑު އަޅައިދީފައިވަނީ ޖޭމްސް އާލް ޖޯންސެވެ. އަދި ސިމްބާގެ އަޑު އަޅައިދީފައިވަނީ މެތިއު އެވެ.

ހޮލީވުޑްގައި މި ފިލްމު އަންނަ މަހު ރިލީޒްކުރާއިރު ފިލްމުގައި ސިމްބާގެ އަޑު އަޅާދޭނީ ޗައިލްޑިޝް ގެމްބީނޯ އެވެ. އަދި ނާލާގެ އަޑުއަޅާދޭނީ ބިޔޯންސޭއެވެ. އަދި މި ފިލްމުގައި މުފާސާގެ އަޑި އަޅައިދޭނީ 1994 ވަނަ އަހަރު ނުކުތް ކާޓޫންގައި ވެސް އެ ކެރެކްޓާ އަށް އަޑުއަޅައިދިން ޖޭމްސް އާލް ޖޯންސްއެވެ.

comment ކޮމެންޓް