އޮގަސްޓް މަހު އޮލިމްޕަހަށް "ކާކު"؟

"ކާކު؟" އިން ފެނިގެންދާ ތަރި އިރޫ--

މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ ފިލްމު "ކާކު؟" އަޅުވާ ތާރީހު ހާމަކޮށްފި އެވެ.

މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމު އަޅުވާނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު އެވެ.

ފިލްމާ ގުޅޭ ގޮތުން މާއެނބޫ "ސަން"އަށް ދިން ފިލްމުގެ ހުރިހާ މަސައްކަތެއް ވެސް ނިމިފައިވާ ކަމަށާއި ހުރިހާ ތަރިންގެ އެކްޓިން އާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް ސަޅިއޭ ބުނެވޭނީ ތަރިންގެ އެކްޓިންނަށް. އެމީހުންގެ ފުލެސްޓް އެބަހުރި ދީފައި. މިއީ ބިރުވެރި ފިލްމެއް. ބެލުންތެރިންނަށް ރީތިވާނެ،"

އެކުގައި އުޅޭ ފަސް ރަހުމަތްތެރިން ރަށަކަށް ގޮސް ދިރިއުޅޭ ގޭތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ފިލްމުން ފެނިގެންދާނެއެވެ.

މާއެނބޫ ބުނީ ފިލްމުގެ ދެވަނަ ޓްރެއިލާއެއް އަންނަ ހަފްތާ ތެރޭ ނެރޭނެ ކަމަށާއި ފިލްމުގެ ޓިކެޓް ވިއްކަން އަންނަ މަހުތެރޭ ފަށަން ވިސްނާ ކަމަށެވެ.

"ޖުމްލަ ތިން ލަވަ ހިމެނޭނެ. އެއީ ޕްރޮމޯ ލަވަ އާއެކު،"

"ކާކު؟"ގެ ހުރިހާ މަންޒަރެއް ނެގީ ހދ. ކުޅުދުއްފުށީގަ އެވެ.

އެ ފިލްމުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ގިނަ ދުވަސްތަކަކަށްފަހު ފެންނާނެއެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކުރީ މަހުދީ އެވެ.

comment ކޮމެންޓް