އޭޑީބީ އިން ރާއްޖެއަށް 11 މިލިއަން ޑޮލަރުގެ އެހީއެއް ދެނީ

ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން --

އޭޑީބީ އިން ރާއްޖެއަށް 11 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

މި އެހީ އަކީ ކްރޮސް ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ހައި ޓެކް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތަށް ދޭ އެހީއެކެވެ.

މި އެހީގެ އެއްބަސްވުމުގައި ސޮއިކުރާނީ މިހާރު ކުރިއަށް ދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގެ ތެރެއިންނެވެ.

މި މަޝްރޫއަށް ޖުމްލަ 11.9 މިލިއަން ޑޮލަރު ހަރަދުވާއިރު ދިވެހި ސަރުކާރުން މި މަޝްރޫއަށް 1.99 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ. މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.

އޭޑީބީ އިން ދޭ އެހީގެ ތެރޭ ހިމެނެނީ ފަސް މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނަކާއި ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން ޓެކްނިކަލް އެސިސްޓެންސް އަށް ދޭ އެއް މިލިއަން ޑޮލަރެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު ހައިޓެކް ސިސްޓަމާއެކު މުދާ ކްލިޔާ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.

comment ކޮމެންޓް