މެދުކެނޑިފައިވާ ސީޓީ ސްކޭންގެ ހިދުމަތް އަލުން އައިޖީއެމްއެޗް އިން ފަށައިފި

އައިޖީއެމްއެޗް--- ސަން ފައިލް ފޮޓޯ

މި މަހު 14 އައިޖީއެމްއެޗުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުން ހަދަން ޖެހޭ ސީޓީ ސްކޭންގެ ހިދުމަތް މެދުކެނޑުމަށް ފަހު އަލުން އެ ހިދުމަތްދޭން ފަށައިފި އެވެ.

އައިޖީއެމްއެޗް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ސީޓީ ސްކޭން މެޝިނަށް ކަރަންޓް ދިނުމަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި އެ ހިދުމަތް އަލުން އެ ހޮސްޕިޓަލުން ދޭން ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގައ ހިނގި އަލިފާނުގެ ހާދިސާގައި ކުއްލި ފަރުވާދޭ (އީއާރު)ގެ ޔެލޯ ޒޯނާއި ގްރީން ޒޯންގެ އިތުރުން އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އަށް ދުމުގެ އަސަރުކޮށްފައިވެ އެވެ.

comment ކޮމެންޓް