ފުލައިޓު ތެރެއިން ޖިންސީ ފުރައްސާރަ ކުރި ބިދޭސީ މީހާ ހައްޔަރެއް ނުކުރޭ

ފުލައިޓު ގޮނޑި ދޭތެރެއިން ބިދޭސީ މީހާ ޖިންސީ ފުރައްސާރަ ކުރަނީ -- ފޮޓޯ/ ވީޑިއޯ ސްކްރީން ޝޮޓް

ފުލައިޓުތެރޭ ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީ މީހާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރި މޯލްޑިވިއަން ފުލައިޓު ތެރޭ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފުލައިޓުތެރޭ އަންހެން މީހާގެ ކުރިމަތީ ސީޓުގައި އިން ބިދޭސީ މީހާ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރާ ވީޑީއޯއެއް އޭނާ ވަނީ، ޝޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

https://sun.mv/120411

ވީޑިއޯއިން ފެންނަ ގޮޮތުގައި ބިދޭސީ މީހާ އަންހެން މީހާގެ ކުރިމާޓިގައި އިން ގޮނޑީގެ ދޭތެރެއިން ފަހަތަށް އެނބުރި އިނގިލިންނާއި ދުލުން ހަޑި ހުތުރު ވައްތަރު ޖައްސައި ހަދާ މަންޒަރު ފެނެއެވެ. އެވެ. އަދި ބިދޭސީ މީހާގެ ފޯނުން، އޮރިޔާން މަންޒަރު ކަމަށް ބެލެވޭ ފޮޓޯތަކެއް އަންހެން މީހާއަށް ދައްކަ އެވެ.

އަންހެން މީހާ ވީޑިއޯއާއެކު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ފުލައިޓު ފުރައިގެން އައްޑޫ އެއާޕޯޓުގައި ޖައްސަންދެން، ބިދޭސީ މީހާ އަންހެން މީހާ އަށް ޖިންސީ ފުރައްސާރަ ކުރައްސާރަ ކުރަމުން ގެންދިޔަ ކަމަށެވެ.

"ހުއްޓުމެއް ނެތި ފަހަތަށް އެނބުރި، އޭނާގެ އަތުގެ އިގިލިން ފާޑެއްގެ ހަޑިވައްތަރުތަކެއް ޖެއްސި. އެ މީހާގެ ދަބަހުން ބްރާ އެއް ނަގައި އޭތި ދެއްކި. އަހަރުން އޭނާގެ ސީޓުގައި ޖެހުމަށްފަހު، ހާދަ ގޮތް ކުޑަ ލަދެއް ނެތް މީހެކޭ ބުނިން. ނަމަވެސް އޭނާ ހުއްޓާނުލާ ފުރައްސާރަ ކުރާތީ، ވީޑިއޯ ކުރަން ފެށީ،" އަންހެން މީހާ ވީޑިއޯއާއެކު ފޭސްބުކް ގައި ކުރި ޕޯސްޓްގައި ލިޔެފައިވެ އެވެ.

އިންޑިއާއަށް ނިސްބަތްވާ އެ މީހާއަކީ، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށް އަންހެން މީހާ ކުރި ޕޯސްޓުގައި ބުނެފައިވެ އެެވެ. މިކަމާ ގުޅިގެން ޔުނިވާސިޓީގެ ބަހެއް އަދި ނުލިބެ އެވެ.

މި މައްސަލައިގައި ހިމެނޭ އިންޑިއާ މީހާ މިހާތަނަށް ހައްޔަރުކޮށްފައި ނުވާއިރު، މިދިޔަ ހަފްތާ ތެރޭ މާލޭ މަގުމަތިން ހިނގާފައި ދަނިކޮށް ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ޝޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ އަކާ ގުޅިގެން އެ ވީޑިއޯ އިން ފެންނަ 56 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ދިވެހި ފިރިހެން މީހާގެ ޝަރީއަތް ނިމެންދެން މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އަމުރުކޮށްފަ އެވެ.

https://sun.mv/120251

comment ކޮމެންޓް