ޝަންހާއީ ފިލްމު ފެސްޓިވަލްގައި "ސުއީ ދާގާ" ދައްކަނީ

ސުއީ ދާގާގެ ޝޫޓިން ތެރެއިން---

މިދިޔަ ހޮނިހިރު ދުވަހު ޗައިނާގައި ފެށި ޝަންހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ވަރުން ދަވަންގެ "ސުއިީ ދާގާ:މޭޑް އިން އިންޑިއާ" ޕްރިމިއާކުރުމަށް ހަމަޖެހިއްޖެއެވެ.

"ބެލްޓް އެންޑް ރޯޑް ފިލްމު ވީކް" ސެކްޝަންގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުގެ ލީޑް އަންހެން ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ އަނުޝްކާ ޝަރްމާއެވެ.

މިދިޔަ އަހަރު ނެރުނު އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބުނުއިރު އެ ފިލްމަކީ ޝަންހާއީ ފިލްމު ފެސްޓިވަލުން ފުރުސަތު ލިބުނު ހަމައެކަނި ހިންދީ ފިލްމުވެސްމެއެވެ.

''ދަމް ލަގާކޭ ހާއިޝާ''ގެ ޑައިރެކްޓަރު ޝަރަތު ކަޓާރިޔާ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ޔަޝް ރާޖް ބެނާގެ ދަށުންނެވެ.

ފިލްމުގެ ބަޖެޓަކީ 35 ކްރޯޑް ރުޕީސްއެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 125.09 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.

"ސުއީ ދާގާ" ޝަންހާއީ ފިލްމު ފެސްޓިވަލްގައި އަޅުވާނީ މި މަހުގެ 15-24 ގައެވެ.

comment ކޮމެންޓް