ނުބައި ލޭނަކުން ދިޔަ ސައިކަލެއް، ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ

މާލޭ މަގުމަތީގެ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނުބައި ލޭނަކުން ގަވާއިދާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް، ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 00:22 އެހާކަން ހާއިރު، މޫންލައިޓު ހިނގުމުގެ އުތުރުން ދެކުނަށް ދުއްވަން ޖެހޭ ލޭނުގައ،ި ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ، އުމުރުން 18 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަތުގައި ލައިސެންސް ނޯންނަ ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

comment ކޮމެންޓް