ވިލިނގިލީ ޒުވާނުން އިސްނަގައިގެން ރަށުގެ ބޮޑެތި މަގުތަކުގައި ޑަސްބިން ބަހައްޓައިފި

ޒުވާނުން މިއަދު ވިލިނގިލީ ބޮޑު މަގުގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގއ. ވިލިނގިލީ ޒުވާނުން ރަށް ސާފުކުރުމަށް ފެށި "ސާފު ވިލނގިލި" ހަރަކާތުގެ ތެރެއިން ރަށުގެ ބޮޑު މަގުގައި ޑަސްބިން ބަހައްޓައިފި އެވެ.

މިދިޔަ ހަފްތާގައި ޒުވާނުން ފެށި އެ ހަރަކާތުގައި ހަތަރު ފޭސްއަކަށް ބަހައިލައިން ޒުވާނުން ދަނީ، ރަށުގެ އެކި ސަރަހައްދުތައް ސާފު ކުރަމުންނެވެ.

އެ ހަރަކާތުގައި އިސްކޮށްއުޅޭ ޒުވާނަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ޒުވާނުން އަމިއްލައަށް ހެދި 10 ޑަސްޕިނެއް މިއަދު ހަވީރު ރަށުގެ މައި މަގުގައި ބަހައްޓާފައިވާ ކަމަށެވެ.

"އިތުރު 30 ޑަސްބިނެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މިއަދު 10 ޑަސްބިނެއް ވަނީ ބޮޑު މަގުގައި ބަހައްޓާފައި،" އޭނާ ބުންޏެވެ.

މި ޑަސްބިން ހެދުމުގައި ވިލިނގިލީ ކައުސިލްގެ އެހީތެރެކަން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ރަށް ސާފުކުރުމުގެ ހަރަކާތް ހަފްތާއެއްގެ ތެރޭގައި ހަތަރު ފޭސްއަކަށް ސާފުކުރުމަށްފަހު، ކޮންމެ މަހަކު އެއްފަހު ރަށް ސާފު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކަމުގައި އުޅޭ ޒުވާނުން ވަނީ ކުރިން ބުނެފައެވެ. އަދި އޭގެ އިތުރުން ކުރިއަށް އޮތްތާގައި ރަށުގެ މަގުތަކުގައި ގަސް އިންދުމަށް ވެސް ޕްލޭން ކުރެވިފައިވާ ކަމަށް އެކަމުގައި އުޅޭ ޒުވާނުން ވަނީ ބުނެފައެވެ.

https://sun.mv/120385

comment ކޮމެންޓް