އައްޑޫ ސިޓީ ތަރައްގީކުރަން 6.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ 6.3 ބިލިއަން ރުފިޔާ (414 މިލިއަން ޑޮލަރު)ގެ މަޝްރޫއު ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފި އެވެ.

މާދަމާ ފަށާ ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމާފައިވާ އައްޑޫ ސިޓީ ތަރައްގީގެ ޕްލޭނުގެ ޕްރޮޕޯޒަލްގައިވާ ގޮތުން ވިޔަފާރީގެ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ.

އައްޑޫ ސިޓީގެ ހަ ރަށް އެކުލެވޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ:

ކޮމާޝަލް އަދި ރެޒިޑެންޝަލް ބޭނުމަށް 203 ހެކްޓަރުގެ ބިން ހިއްކުން

  • 25 ހެކްޓަރުގެ ހަތަރު ފަޅު ޓޫރިޒަމްގެ ބޭނުމަށް ހިއްކުން
  • މިހާރު ބޭނުންކުރާ މަގުތައް މަރާމާތުކޮށް އިތުރު މަގުތައް ތަރައްގީކުރުން
  • ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމު ކުރުން
  • ހިތަދޫ ރީޖަނަލް ޕޯޓު ތަރައްގީކޮށް ފުޅާކުރުން
  • މަރަދޫ ފޭދޫ އަދި ހުޅުދޫ މީދޫ ބަނދަރު އަޕްގްރޭޑުކުރުން
  • އިތުރު ހައުސިން ޔުނިޓުތަކެއް އެޅުން
  • ހުޅުދޫ މީދޫގެ ފިޝަރީޒް ކޮމްޕްލެކްސް އިތުރަށް ތަރައްގީ ކުރުން
  • ހިތަދޫ އައިސްޕްލާންޓް އަޅައި، މަސް ޕްރޮސެސް ކުރާނެ ފެސިލިޓީ ގާއިމް ކުރުން
  • ކުޅިވަރު އަދި އިޖުތިމާއީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުން (އިސްލާމިކް ސެންޓާ، ޔޫތު ސެންޓާ، ރިހިބިލިޓޭޝަން ސެންޓާ)
  • ކަރަންޓުގެ ވިއުގައި ވަރުގަދަކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދިނުން
  • ގަމުގައި ކޮންވެންޝަން ސެންޓަރެއް އެޅުން
  • ސަރުކާރު އޮފީސް ކޮމްޕްލެކްސް އެއް އެޅުން
  • އައްޑޫ ނޭޗާ ޕާކު ތަރައްގީ ކުރުން
  • ކްލައިމެޓް ރިސާޗު ފެސިލިޓީއެއް ގާއިމް ކުރުން
  • ކަލްޗްރަލް ވިލެޖަކާއި މިއުޒިޔަމްއެއް ގާއިމް ކުރުން

މާދަމާ ފަށާ ފޯރަމުގައި 60 އަށް ވުރެ ގިނަ ވަފުދުން ބައިވެރިވާނެ އެވެ.

މި ފޯރަމުގައި ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކަުގެ މައުލޫމާތު ހިއްސާކޮށް އިންވެސްޓަރުން ހޯދުމަށް ވެސް މަސައްކަތް ކުރާނެ އެވެ.

comment ކޮމެންޓް