ނެސްޕްރެސޯ ޝޯރޫމެއް މާލޭގައި ހުޅުވައިފި

ނެސްޕްރެސޯގެ ޝޯރޫމް--

ނެސްލޭ ނެސްޕްރެސޯ ކޮފީ އަށް ހާއްސަ ޝޯ ރޫމެއް މާލޭގައި ހުޅުވައިފިއެވެ.

މ. ދޫރެސްގައި ހުޅުވި މި ޝޯރޫމުން ނެސްޕްރެސޯ ކޮފީގެ ރަހަ ބަލާލައި، ކޮފީ މެޝިންތަކުގެ އަޖުމަ ބަލާލެވޭނެއެވެ.

ނެސްޕްރެސޯ ކޮފީ ޝޯރޫމް މާލެގަިއ ހުޅުވި ލިކުއިޑް ޕްރައިވެޓް ލިމިޓެޑުން ބުނީ މާލޭގައި ހުޅުވި ޝޯރޫމްގެ މަގުސަދަކީ ކަސްޓަމަރުންނަށް ތަފާތު ކޮފީއެއްގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެެ.

އެގޮތުން މިލްކް ކޮފީ ރޭންޖަށް ފެތޭ ދަ ބަރިސްތާ ކްރިއޭޝަން ކޮފީ ކެޕްސޫލް އަދި ނެސްޕްރެސޯ ކުކީޒް ތައާރަފުކޮށްފައިވެއެވެ. ނެސްޕްރެސޯގެ ތަފާތު 28 ރަހައެއްގެ ކޮފީ މި ޝޯރޫމުން ލިބޭނެއެވެ. ކޮފީ ކެޕްސޫލްގެ އިތުރުން ކޮފީ މެޝެން ވޮރެންޓީ އާއެކު މި ޝޯރޫމުން ލިބޭނެއެވެ.

ނެސްޕްރެސޯ ކޮފީ އަށް ހާއްސަ ޝޯރޫމުގައި ކޮފީ ކެޕްސޫލު އުކާލުމަށް ހާއްސަ ރިސައިކަލް ބިންއެއްވެސް ވަނީ ބަހައްޓައިފައެވެ.

comment ކޮމެންޓް