ރާއްޖޭގައި ވަޒީފާތައް އިތުުރުކުރުމަށް ވާލްޑް ބޭންކުން 20 މިލިއަން ޑޮލަރު ދެނީ

ޖޮބް ފެއާގެ ތެރެއިން -- ސަން ފޮޓޯ: ޔާމީން ސައީދު

ރާއްޖޭގައި ޒުވާނުންނަށް ވަޒީފާތައް އިތުުރުކުރުމަށް އެހީތެރުވުމުގެ ގޮތުން ވާލްޑް ބޭންކުން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން ބުނީ އެ ލޯން ދިނުމަށް މިހާރު އެބޭންކްގެ ޑައިރެކްޓަރުންގެ ބޯޑުން މިހާރު ނިންމައިފައިވާ ކަމަށެވެ.

އެ ލޯން ދޭން ނިންމީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ރާއްޖޭގައި ޒުވާނުންނަށް ވަޒީފާތައް ކުރިއަށް ވުރެ ބޮޑަށް މަގުފަހިކޮށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ހަމަހަމަކަން ގާއިމްކުރުމުގެ ގޮތުން ކަމަށެވެ.

އެ ލޯނުގެ ދަށުން ރާއްޖޭގެ އަންހެނުން ބާރުވެރިކޮށް އައިސީޓީ ފަދަ ދާއިރާތަަކަށް އަހުލުވެރިކުރުމަށް ބަރު އަޅާނެކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖެއަށް ދޭ 20 މިލިއަން ޑޮލަރުގެ ތެރެއިން 10 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށާއި އަދި ބާކީ 10 މިލިއަން ޑޮލަރަކީ ލޯން ކަމަށެވެ.

ނަމަވެސް ލޯންގެ އިންޓަރެސްޓަކީ ކިހާވަރެއް ކަމެއް އަދި އަނބުރާ ދައްކަން ޖެހޭ މުއްްދަތެއް ވޯލްޑް ބޭންކަކުން ނުބުނެ އެވެ.

އެ ޕްރޮޖެކްޓް ހިންގާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ކަަމަށާއި އަދި އެކަމުގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުަރާ ޖަމިއްޔާތަކާއި ސިޓީ އަދި އަތޮޅު ކައުންސިލްތަކާ ގުޅިގެން ކަަަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

comment ކޮމެންޓް