މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި ގުޅާލާ ބްރިޖުގެ މަޝްރޫއު ޕާޓްނާޝިޕް ފޯރަމަށް

ވިލިމާލެ އަދި މާލެ ފެންނަ ފޮޓޯ އެއް --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ ޕްލޭން ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފިއެވެ.

މާދަމާ ފަށާ ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި މާލޭ ސިޓީއާއި މާލޭ ސިޓީ ސަރަހައްދުގެ އިންޑަސްޓްރިއަލް ޒޯނު ބްރިޖަކުން ގުޅާލުމަށް ނިންމާ ޕްރޮޕޯޒަލް ހުށަހަޅަން ވަނީ ނިންމައިފައެވެ.

މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ޕާޓްނާޝިޕް ފޯރަމުގެ ވެބްސައިޓުގައި ބުނެފައިވާގޮތުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ މާލޭ ކޮމާޝަލް ޕޯޓު ގުޅިފަޅު އަދި ތިލަފުއްޓަށް ބަދަލުކުރަން ވަނީ ޕްލޭން ކޮށްފައެވެ.

ވެބްސައިޓުގައި ބުނެފައިވާގޮތުން މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެއެވެ. މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެއެވެ.

ވިލިމާލެ އަދި ގުޅިފަޅު -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕާޓްނާޝިޕް ފޯރަމް މާދަމާ ކުރުނބާ މޯލްޑިވްސްގައި ފަށާއިރު ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ޕާޓްނާޝިޕް ފޯރަމްއަކީ ސަރުކާރުގެ އާ ސިޔާސަތު، ރާއްޖެ އަކީ ހުޅުވާލާފައިވާ ތަނެއްކަން އަންގައިދިނުން ކަމަށެވެ.

comment ކޮމެންޓް